ދިގު މުއްދަތަކަށް ބޭނުން ނުކޮށް، މާލޭ ސިޓީގެ މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުން، 200 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފިއެވެ.
މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން މިއަދު ވަނީ މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށައިފައެވެ.
ފުލުހުން މިރޭ އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ޖުމުލަ 208 އުޅަނދެއް ވަނީ ޓޯކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 168 ސައިކަލާއި ހަތަރު ފުރޮޅުލީ 40 އުޅަނދެވެ.
މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ ދިވެހި ފުލުހުންގެ ހިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ލޯކަލް ގަވަމަންޓް މިނިސްޓްރީ ގުޅިގެންނެވެ.
ފުލުހުން ދާދި ފަހުން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ގިނަ އަދަދެއްގެ އުޅަނދުތަކެއް ވެސް ޓޯކޮށްފައެވެ. އެގޮތުން މާލޭގެ ބައެއް މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ނަމަ، ޓޯކުރާނެކަމުގެ އިންޒާރުދިނުމަށްފަހު، މިދިޔަ ޖޫން މަހު ފުލުހުން ވަނީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 420 އުޅަނދު ޓޯކޮށްފައެވެ.
މިދިޔަ މަހު ފުލުހުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް