ވިއްސާރައިގައި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު 300 އަށް އަރައިފިއެވެ.
ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު އެ ސަރަހައްދުން މަރުވި މީހުންގެ އަދަދު 321 އަށް އަރާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ޕާކިސްތާނުގެ ޑިޒާސްޓާ އޮތޯރިޓީން ވަނީ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ އެހިސާބުގެ ފަރުބަދަމަތީ ސަރަހައްދުގެ ހައިބާ ޕަކްތުންކަވާ ސަރަހައްދަށް ކަމަށް ބުނެފައެވެ. އެ ސަރަހައްދުގެ 74 ގެއެއް ބޭނުން ނުކުރެވޭ ވަރުވެފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ބޯޑަރު ސަރަހައްދުގައި ހިމެނޭ އިންޑިއާ އާއި ނޭޕާލަށްވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވިއްސާރައިގައި ކަޝްމީރުގެ އިންޑިއާ ފަޅިން މިހާތަނަށް 60 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މިހާތަނަށ 200 އަށްވުރެން ގިނަ މީހުން ގެއްލިފައިވާކަމަށްވެސް އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ނޭޕާލުގެ އޮފިޝަލުން ވަނީ އެސަރަހައްދުން 41 މީހުން މަރުވެފައިވާކަމަށާއި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު