މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއްގެ ތެރޭގައި ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގއި މިއަދު 12:40 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެފަހުން ސްޓެލްކޯއިން ނޫސްވެރިން ތިބޭ އެ ކުންފުނީގެ މީޑިއާ ގްރޫޕަށް 13:50 ގައިކުރި މެސެޖެއްގައި ބުނީ ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް ކަރަންޓު އަލުން ދީފައިވާ ކަމަށެވެ.
ނަމަވެސް ކަރަންޓު ކެނޑެން ދިމާވި ސަބަބެއް ސްޓެލްކޯއިން ނުބުނެއެވެ.
އެ ކުންފުނިން ބުނީ ކަރަންޓުގެ ހިދުމަތް ނުލިބޭ ކަސްޓަމަރަކު ހުރިނަމަ 104 ގުޅުމަށް އެދޭ ކަމަށެވެ.
މުހައްމަދު އިޝާން
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ