ލިންކްޑިން އިން އެ ޕްލެޓްފޯމަށް 'މިނީ ސުޑޯކު' ތައާރަފުކޮށްފިއެވެ. މިއީ އެ ސައިޓުގެ ހަވަނަ އިން-އެޕް ގޭމެވެ. މި ކުޅިވަރަކީ ކޮންމެ ދުވަހެއްގެ ބޭނުންކުރުން އިތުރުކޮށް، ބޭނުންކުރާ މީހުން ދެމި ތިބޭ މިންވަރު ވަރުގަދަ ކުރުމަށްޓަކައި ހަދާފައިވާ ކުރު، ބްރެއިން-ޓީޒިން ޕަޒްލްއެކެވެ.
މި އާ ކުޅިވަރަކީ ކްލާސިކް ސުޑޯކުގެ ކުޑަކުރެވިފައިވާ ވައްތަރެކެވެ. ޖަޕާނުގެ ޕަޒްލް ޕަބްލިޝަރ ނިކޯލީއާ، ތިން ފަހަރުގެ ވޯލްޑް ސުޑޯކު ޗެންޕިއަން ތޯމަސް ސްނައިޑަރާ ގުޅިގެން ތަރައްގީކޮށްފައިވާ މި ކުޅިވަރުގައި ބޭނުންކުރަނީ 6x6 ގްރިޑް ފޯމެޓެކެވެ. މިއީ 2-3 މިނިޓުތެރޭގައި ނިންމައިލެވޭނެ ގޭމެކެވެ. މި ކުރު ފޯމެޓް ހާއްސަކޮށްފައިވަނީ މަސައްކަތުން ދުރު ނުވެ ކުޑަ ވަގުތުކޮޅަކަށް ހިތް ހަމަޖައްސާލަން ބޭނުންވާ މަސައްކަތް ބުރަ ފަންނީ މީހުންނަށެވެ.
ލިންކްޑިންގެ ސީނިއަރ ޑިރެކްޓަރ އޮފް ޕްރޮޑަކްޓް، ލަޝްމަން ސޯމަސުންދަރަމް ވިދާޅުވީ، 20 މިނިޓު ނަގާ ޕަޒްލްތަކެއް ލިންކްޑިންގައި ބަހައްޓާން ބޭނުމެއް ނޫން ކަމަށާއި، ކުޅިވަރުތައް ބަހައްޓަނީ ހަމައެކަނި ކުޅިވަރަށް ޓަކައި ނޫން ކަމަށެވެ. މިނީ ސުޑޯކު ތައާރަފުކުރީ ލިންކްޑިންގެ ހާއްސަ ސިސާސަތެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ. އޭގެ މަގުސަދަކީ ކެޝުއަލް ގޭމިން މެދުވެރިކޮށް ބޭނުންކުރާ މީހުންގެ ބައިވެރިވުން އިތުރުކޮށް، މަސައްކަތާއި މަޖާ ކުރުމާ ދެމެދު ހަމަހަމަކަމެއް ގާއިމުކުރުމެވެ.
މިނީ ސުޑޯކު ޕަޒްލްތައް ހަފުތާގެ ތެރޭގައި މަޑުމަޑުން އުނދަގޫވާނެ އެވެ. އަދި ކޮންމެ ދުވަހަކު ތޯމަސް ސްނައިޑަރ (ޑރ. ސުޑޯކު) ގެ ކުރު ވީޑިއޯއެއް ހިމެނޭނެއެވެ. އޭގައި ކުޅިވަރު ހައްލުކުރާނެ ގޮތުގެ ޓިޕްސްތައް ދައްކާނެއެވެ.
އިން-އެޕް ގޭމްތައް ތައާރަފުކުރި ފަހުން، ލިންކްޑިންއިން ވަނީ ބޭނުންކުރާ މީހުންގެ ބައިވެރިވުން ފާހަގަކޮށްފައެވެ. އެތައް މިލިއަން މީހުން ކޮންމެ ދުވަހަކު ލިންކްޑިން ގޭމްތައް ކުޅެއެވެ. 86 ޕަސެންޓް މީހުން އަނބުރާ ދެވަނަ ދުވަހު ވަދެއެވެ. އަދި 82 ޕަސެންޓް މީހުން ހަފުތާއެއް ފަހުންވެސް ކުޅެން ދެމިތިބެއެވެ. މި ކުޅިވަރުތަައް ވެފައިވަނީ ޕްރޮފެޝަނަލް ނެޓްވޯކްތަކުގެ ތެރޭގައި ވާހަކަ ދައްކަން ފެށުމަށާއި، ބޭނުންކުރާ މީހުންނާ ދެމެދު ގުޅުން ބަދަހިކުރުމަށް ބޭނުންކުރާ ވަސީލަތަކަށެވެ.
ލިންކްޑިންއިން އަންނަނީ ވަޒީފާގެ އިޝްތިހާރުތަކާއި ރެކްރޫޓްމަންޓް ވަސީލަތްތަކުން ބޭރުންވެސް އެކި ހިދުމަތްތައް ފުޅާކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ