ބ. ދަރަވަންދޫގެ ނަރުދަމާގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ފައްޓަވައިދެއްވައިފިއެވެ.
ރައީސް މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިރޭ ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވަނީ އެ ރަށުގައި ގާއިމުކުރި ނަރުދަމާގެ ނިޒާމު އިފްތިހާހުކޮށްދެއްވައިފައެވެ.
ދަރަވަންދޫގައި 40.29 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވަނީ އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެންނެވެ.
އެ ޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި، 780 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދީފައިވެއެވެ.
މިރޭގެ ޖަލްސާގައި ވަނީ ދަރަވަންދޫގެ ސްކޫލުގައި އިތުރު 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހެދުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާވެސް ހަވާލުކޮށްފައެވެ.
އަލީ ޔާމިން
ބ. ދަރަވަންދޫ
ބ. ދަރަވަންދޫ
ބ. ދަރަވަންދޫ