މިމަހުގެ ތެރޭގައި ފުވައްމުލަކު ސިޓީން މަސް ގަންނަން ފެށުމަށް މިފްކޯއިން ނިންމައިފިއެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން އެގޮތަށް ނިންމާފައިވަނީ މި ހަފުތާގެ ތެރޭގައި އެ ކުންފުނީގެ ސީއީއޯ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށްފަހުއެވެ.
މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ ތެރޭގައި އެ ކުންފުނިން ފުވައްމުލަކުން މަސް ގަންނަން ފަށާނެ ކަމަށާއި ފުވައްމުލަކުން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެން އަންނާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
އޭގެ އިތުރުން ފުވައްމުލަކުގެ އެއްގަމުގައި ހަދަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު، މިއަހަރުގެ ތެރޭގައި އޮޕަރޭޝަނަލައިޒްކޮށް، ފުވައްމުލަކު ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުރި މަސްގަންނަން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ބުނީ މިފްކޯގެ މަސްކިރާ ބޯޓު ފުވައްމުލަކުގައި ދާއިމީކޮށް ބާއްވަން ހަމަޖައްސައި މަސްކިރޭނެ އިންތިޒާމު މި މަސްތެރޭ ފެށިގެން ދާނެ ކަމަށާއި މަސް ގަނެ ރައްކާކުރެވޭނެގޮތަށް ސްޓޯރޭޖް ފެސިލިޓީގެ ހިދުމަތް މިއަހަރުތެރޭ ފެށިގެން ދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށެވެ.
މިފްކޯ
މިފްކޯ
މިފްކޯ
މިފްކޯ