ދިރާގުޕޭ ޑައުންލޯޑުކޮށް އެއަށް ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު ދިރާގު ފިންޓެކް އިން ހުޅުވައިލައިފިއެވެ.
ދިރާގުން މިއަދު ބުނީ ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީ ކުރާ ކަސްޓަމަރުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. މި ޕްރޮމޯޝަނުގައި ދޭ ބައިލައްކަ ރުފިޔާ ލިބޭ ފަރާތް ހޮވާނީ ހާއްސަ ލަކީޑްރޯއަކުންނެވެ.
ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެއެވެ.
މި ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ކަސްޓަމަރުންނަށް ރައްކާތެރި، ހަލުވި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ދިރާގު ފިންޓެކުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ފިންޓެކީ ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު