ދިރާގު 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދޭ ދެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ހަތަރު ގުނަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން މިއަދު ބުނީ 30 ސެޕްޓެމްބަރުގެ ކުރިން އެންރޯލް ކުރާ ކަސްޓަމަރުންނަށް މި ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އާ ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރު ކުރެވޭނެއެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޕެއިޑްގެ 450އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ. އަދި އެ ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ބޯޓުތަކަކީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ބޯޓުތަކެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ދިރާގުގެ "ވިން އަ ސްޕީޑްބޯޓު" ޕޯޓަލްއިން އެންރޯލް ކުރެވޭނެއެވެ.
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު