ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ "ވިން އަ ޑްރީމް ހޮލިޑޭ" ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ސްވިޒަލޭންޑަށް ދެ މީހުން ދިއުމުގެ ފުރުސަތު، ޝަންގްހާއީ ޑިޒްނީލޭންޑަށް އާއިލާއާއެކު (ދެ މީހުންނާއި ދެ ކުޑަކުދީން) ދިއުމުގެ ފުރުސަތު އަދި މެލޭޝިއާއަށް ދެ މީހުން ދިއުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވައިލައިފައެވެ.

އިނާމުތަކުގެ ނަސީބުވެރިންނަކީ:

  • ސްވިޒަލޭންޑް ދަތުރު – ޝަމްރޫހް ޝަރީފް
  • ޝަންގްހައި ޑިޒްނީލޭންޑް ދަތުރު – އަހްމަދު ޝިހާމް
  • މެލޭޝިއާ ދަތުރު – ހުސައިން ފަޒީލް

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕޯސްޓްޕެއިޑް 450 އަދި އެއަށްވުރެ މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކޮށްގެން ނުވަތަ ދިރާގު ލިމިޓެއް ނެތް ފައިބާ ޕެކޭޖަކަށް ސަބްސްކްރައިބްކޮށްގެން ލިބިފައިވެއެވެ.

އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑް އަދި ލިމިޓެއް ނެތް ފައިބާ ޕެކޭޖްތައް ދިރާގުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުން އަންނަ ކުންފުންޏެކެވެ.