'މައުރިފާ'ގެ ނަމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން އިސްލާމީ ފޮތް މައުރަޒެއް ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާއިން މިއަދު ބުނީ އެ މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 26 އިން 28 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
'ފޮތްތެރިކަން - ބުއްދީގެ ކާނާ' މި މައުލޫއަށް ބާއްވާ މި މައުރަޒުގެ މަގުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މި މައުރަޒުން 15 ފަރާތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބައިވެރިވާން އެދޭ ތަރުތީބުން އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ