Had a very good and detailed conversation with my friend President Putin. I thanked him for sharing the latest developments on Ukraine. We also reviewed the progress in our bilateral agenda, and reaffirmed our commitment to further deepen the India-Russia Special and Privileged Strategic Partnership. I look forward to hosting President Putin in India later this year.
ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.
މޯދީ، އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޫޓިންއާ ފޯނުން ގުޅުއްްވައި ވަރަށް ތަފްސީލީ ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދެވުނު ކަމަށެވެ. މޯދީ ވަނީ ޔޫކްރޭނާއި ރަޝިޔާގެ ހަނގުރާމައާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމުން، ޕޫޓިންއަށް ޝުކުރުއަދާ ކުރައްވައިފައެވެ.
މޯދީ ވިދާޅުވީ ދެގައުމުގެ ބައިލެޓްރަލް އެޖެންޑާ އާއި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މޯދީ ވަނީ މިއަހަރު ފަހުކޮޅު ޕޫޓިން އިންޑިއާއަށް ވަޑައިގަންނަވާކަން ވެސް ހާމަ ކުރައްވައިފައެވެ. އެއީ އިންޑީއާ-ރަޝިޔާ އެނުއަލް ސަމިޓަށެވެ.
ބޮޑުވަޒީރު މޯދީ، ރަޝިޔާގެ ރައީސް އަށް ގުޅުއްވާފައި މިވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަ މައްސަލައިގެ ސަބަބުން އެމެރިކާއިން އިންޑިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުންނެވެ.
އެމެރިކާއިން ވަނީ އިންޑިއާއިން އެގައުމަށް އެތެރެކުރާ މުދަލުން ނަގަން ނިންމާފައިވާ 25 ޕަސެންޓްގެ ޓެރިފް 50 ޕަސެންޓަށް ބޮޑުކޮށްފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް