އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގައި ވާދަކުރި ދިވެހި އެތުލީޓުންނަށް އިތުރަށް ކުރިއަށް ދެވޭ ގޮތް ނުވި ނަމަވެސް، ޖޫނިއާ ޑިވިޝަނުގެ ކުއާޓާ ފައިނަލަށް ޔާސިން ނާޝިދާއި ޔޫސުފް ކަޔާން ދަތުރު ކޮށްފިއެވެ.
ޖޫނިއާ ޑިވިޝަނުގެ ތިންވަނަ ބުރުގައި ރާއްޖޭގެ ޔޫސުފް ކަޔާނާއި ޔާސިން ނާޝިދު ވާދަކޮށްފައިވާ އިރު، ހީޓު ދެއަކުން ޔޫސުފް ކަޔާން ވަނީ ދެވަނަ ހޯދައިފައެވެ. ކަޔާން އެ ހީޓުގައި 6.73 ޕޮއިންޓް ހޯދާފައިވާ އިރު، އެ ހީޓުގެ އެއްވަނަ ހޯދީ ޗައިނާގެ ޝޫލޫ ޖިއާންގެވެ. އެއީ 12.67 ގެ ސްކޯއަކުންނެވެ.
ޔާސިން ވާދަކުރީ ހަވަނަ ހީޓުގައެވެ. އޭނާ ވަނީ އެ ހީޓުގެ އެއްވަނަ ހޯދައިފައެވެ. އެއީ 9.30 ގެ ސްކޯއަކާ އެކުގައެވެ.
ފިރިހެން އޯޕަން ތިންވަނަ ބުރުގައިވެސް ރާއްޖޭގެ އިސްމާއީލް ރަޝީދު (ސްމައިލީ)އާއި އަހުމަދު އާގިލް (އަންމަޑޭ) އަދި ހޫދު އަހުމަދު (ހޫބްސް) ވެސް ވާދަކޮށްފައިވާ އިރު، އޭގެން އެއްވެސް އެތުލީޓަކަށް ކުއާޓާ ފައިނަލާ ހަމައަށް ދެވޭނެ ގޮތެއް ނުވިއެވެ.
މިފަހަރުގެ މުބާރާތަށް ރާއްޖެއިން ދިޔަ އަންހެން ޓީމުގައި ހިމެނެނީ މަރިޔަމް ރާހިލް ނަސީމް (އާޔާ), ރިޝްތާ ޝުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒު)އެވެ. އޭގެ ތެރެއިން ހުރިހާ އެތުލީޓުންވެސް ކުއާޓާއަށް ނުދެވި ވަނީ ކަޓައިފައެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެގެންދާނީ އަޗީ-ނަގޯޔާގެ އޭޝިއަން ގޭމްސް 2026 އަށް ސާފިންއިން ކޮލިފައިވާން ލިބޭ ފަހު ފުރުސަތަށެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއެކު ރާއްޖެއަށް ވަނީ ކޮލިފިކޭޝަން ސްލޮޓްތަކެއް ޔަގީންވެސް ވެފައެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް