އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލައެއްގައި ހުކުމްކުރި މީހަކީ ދިވެއްސެއް ކަމަށްބުނެ، ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން، އެ ވާހަކަތައް މޯލްޑިވްސް އިމިގްރޭޝަނުން ދޮގުކޮށްފިއެވެ.
ބޭރުގެ މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި މަސާޖު ޕާލާއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރު ޖަލު ހުކުމެއް އިއްވާފައިވާ އުމުރުން 36 އަހަރުގެ "ސަންދަރިލިންގަމް ކޫޑަލިންގަމް" ނަމަކަށް ކިޔާ މީހާއަކީ ރާއްޖެއަށް ނިސްބަތްވާ މީހެކެވެ.
އެކަމާ ގުޅިގެން އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ލަންޑަންގެ ކޯޓަކުން ހުކުމްކޮށްފައިވާ އެ މީހާއަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ މީހެއް ނޫން ކަމަށެވެ.
"ވީމާ، މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެ ފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ..،" އިމިގްރޭޝަންގެ ބަޔާނުގައި ބުންޏެވެ.
އެ މައްސަލައިގައި ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަންދަރިލިންގަމް ކޫޑަލިންގަމް އަކީ ރާއްޖެއިން 2021 ވަނަ އަހަރު އިނގިރޭސިވިލާތަށް ދިޔަ މީހެކެވެ. އެ މައްސަލައިގައި ދައުވާތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން