ސްޓްރީމް ފައުންޑޭޝަނާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ޕާޓްނާޝިޕްގެ ދަށުން، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ކޮރަލް ރީފް ރިސްޓޯރޭޝަން އިނީޝިއޭޓިވް، ފުޅަދޫ ކައިރީގައި ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އުރީދޫން ބުނެފިއެވެ.
މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރުގެ ކުރީކޮޅު އުފެދުނު އެ ޕާޓްނާޝިޕްގެ ސަބަބުން ފަރުތަކުގެ އިކޯސިސްޓަމް ގާތްގަނޑަކަށް ރިއަލް ޓައިމް އޮބްޒަވޭޝަނަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަނޑުއަޑީގެ އެންމެ ޒަމާނީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެ ޕްރޮޖެކްޓުގެ މަގުސަދަކީ މަހުގެ ބާވަތްތައް ރެކޯޑްކުރުމާއި މުރަކައިގެ ސިއްހަތު ދެނެގަތުމާއި ފަރުގެ އާންމު ބަޔޯޑައިވާސިޓީ ދެނެގަތުމެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ ފާސްޓް ކަނެކްޓިވިޓީގެ އެހީގައި، ކަނޑުގެ ދުރު ހިސާބުތަކުގައި ވެސް، އެޑްވާންސް މޮނިޓަރިން ސިސްޓަމް ހިންގަން ފެށި ފަހުން ގިނަ އަދަދެއްގެ ޑޭޓާ ހޯދިފައިވާ ކަމަށާއި މިދިޔަ އަހަރު ކެމެރާތަކުން 15،728 މަސް ރެކޯޑުކޮށްފައިވާ އިރު، އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް 43 މަސް ފެނުމުގެ ސަބަބުން ރާއްޖޭގެ މަހުގެ އާބާދީތަކުގެ ސިއްހަތާ ބެހޭ އަގުހުރި މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.
ދުވާލެއްގެ މައްޗަށް އެންމެ ގިނައިން މަހުގެ ބާވަތްތައް ފެނިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެއީ 402 މަސް ކަމަށް އުރީދޫން ބުންޏެވެ. އަދި އެއީ ފުޅަދޫގެ ފަރުތަކުގައި މުއުސަނދިކަން ޔަގީންކޮށްދޭ ކަމެއްކަން އުރީދޫން ފާހަގަކުރެއެވެ.
"މަހުގެ އާބާދީގެ ބޭރުން، މުރަކަ ފަރުގެ ސަބަބުން ތިމާވެށީގެ ގޮތުން ދިމާވާ ގޮންޖެހުންތަކުގެ ހިތްގައިމު މަންޒަރުތައް ވެސް ކެމެރާތަކުން ވަނީ ދައްކައިފައެވެ. ކޮރަލް ބްލީޗިންގެ ހާދިސާތައް ރެކޯޑް ކުރެވިފައިވީ ނަމަވެސް، މުރަކަ އަލުން އުފެދުނު ކަމުގެ ހެކިތައް ވެސް ރެކޯޑު ކުރެވިފައި އޮތުމުން، މި ޒަރޫރީ ތިމާވެށީގެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓޭނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ. މުރަކަފަރުތަކުގެ ހާލަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށްޓަކައި މި އުނދަގޫ ބަދަލުތަކަކީ ވަރަށް މުހިންމު ބަދަލުތަކެކެވެ..،" އުރީދޫން ބުންޏެވެ.
ކަނޑުއަޑީގެ ކެމެރާތަކަށް މެދުނުކެނޑި އަދި އިތުބާރު ހިފޭ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
އެ އެޑްވާންސް ކަނެކްޓިވިޓީގެ ސަބަބުން ކަނޑުގެ މާހައުލުން ކުރިމަތިވާ ހުރަސްތައް ހައްލުކުރުމުގައި އުރީދޫގެ ނެޓްވޯކްގެ ގާބިލުކަން ފާހަގަކޮށް، ޒަރޫރީ މެރިން ޑޭޓާ ވަގުތުން ޓްރާންސްމިޓް ކުރުމަށް މަގުފަހިވެގެންދާ ކަމަށާއި ސައިންސްވެރިންނާއި، ހިމާޔަތްކުރާ ފަރާތްތަކާއި، ލޯކަލް އޮތޯރިޓީތަކަށް މިހާރު ކަނޑުގެ ތިމާވެށީގެ ނިޒާމާ ބެހޭ އަގުހުރި މައުލޫމާތުތައް ވަރަށް އަވަހަށް ލިބި، އަވަސް އިޖާބަތަކާއި، ޑޭޓާ އިންފޮމޭޓެޑް ކޮންޒަވޭޝަން އިނީޝިއޭޓިވްތައް ކުރިއަށްގެންދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ސްޓްރީމް ފައުންޑޭޝަނާއި މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓާއެކު ކުރިއަށްގެންދާ ޕާޓްނާޝިޕްގެ ހެޔޮ އަސަރު ފެނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިއީ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށާއި، ޓެކްނޮލޮޖީގެ ބޭނުން ހިފައި، ހެޔޮ ބަދަލުތަކެއް ގެނައުމަށާއި، ކަނޑުގެ ބަޔޯޑައިވާސިޓީ ހިމާޔަތްކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް. މިއީ ދިވެހި މުޖުތަމައުތަކަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ކަމެއް. ޓެކްނޮލޮޖީގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރެވުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވިއެވެ.
އުރީދޫން ބުނީ އެ ޕާޓްނާޝިޕްގެ ތިންވަނަ އަހަރު ފަށާ އިރު، އުރީދޫ މޯލްޑިވްސް، ސްޓްރީމް ފައުންޑޭޝަން އަދި މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ދަނީ އެ ގްރައުންޑްބްރޭކިން މެރިން މޮނިޓަރިން ޓެކްނޮލޮޖީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު މުރަކަ ފަރުތަކާއި މެރިން އިކޯސިސްޓަމްތަކަށް ފުޅާކުރެވޭނެ ގޮތްތައް ބަލަމުން ކަމަށެވެ.
އިނޮވޭޓިވް ކަނެކްޓިވިޓީ ސޮލިއުޝަންތަކާއެކު ކޮންޒަވޭޝަން އިނީޝިއޭޓިވްތައް އިތުރުކޮށް، އުރީދޫއަކީ ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ބާރެއްގެ ގޮތުގައި ހިފުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް