ޖުމުލަ 17 ބިދޭސީންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ކ. ޒަމާނީ އައިލެންޑް ކައިރިން ގުރައިދުއަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލާފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ތިން މީހަކު ފަތާފައި ގޮސް ޒަމާނީ އައިލެންޑަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި މެރިން ޕޮލިހާއި ކ. އަތޮޅު ޕޮލިސް އަދި ކ. އަތޮޅު ރިސޯޓުތަކުގެ ލޯންޗުތައް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ޑިންގީން ދަތުރުކުރި 17 މީހުންނަކީ ވެސް ބިދޭސީން ކަމަށާއި އެ އެންމެން ވެސް ސަލާމަތްކޮށްފައިވާ ކަމަށެވެ.
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް