ގައިގައި އަތްލުމުގެ ކުށް ސާބިތުވި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން ގައިގައި އަތްލުމުގެ ކުށް ސާބިތުވެގެން އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކުރީ އާއިޝަތު އިނާގާ އަށެވެ.
އޭނާއަށް މިގޮތަށް ހުކުމްކުރީ، އޭނާއާއެކު ޕްރޮސިކިއުޓާ ޖެނެރަލް ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމަށް ހުކުމްގައި ބުނެފައިވެއެވެ.
ނަމަވެސް މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް