ކުޅުދުއްފުށި ސިޓީން ވީނުވީއެއް ނޭނގި ގެއްލުނު މީހަކު ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މަރުވެފަ އޮއްވައި ފެނުނީ އެ ރަށު، ޖިފުޑި، ހަސަން މޫސާ (67އ) އެވެ.
ފުލުހުން މިއަދު ބުނީ މިއަދު ފަތިހު އެހާކަންހާއިރު ހަސަން މޫސާ ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއްނުވާ ކަމަށް ހެނދުނު 10:30 އެހާކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ހަސަން މޫސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުޅުދުއްފުށި ސްޓޭޑިއަމް ފާހާނާ ތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމާއި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ހޮސްޕިޓަލްއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް