ބާރަށް ވައިޖެހި ކަނޑުތައް ގަދަވެދާނެތީ ހއ. އިން ކ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހއ. އިން ކ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 7:30 އިން ފެށިގެން މެންދުރު 13:30 އަށެވެ.

"ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވުން" މެޓް އޮފީހުން ބުންޏެވެ.

ރާއްޖެއަށް މި ދުވަސްވަރު ގަދަޔަށް ވައި ޖެހެމުންދާތީ މެޓް އޮފީހުން އިއްޔެވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވައިޓް އެލާޓް ނެރެފައެވެ.