ދިވެހީން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލުކުރުމަށް، އަގުތައް ދެނެގަނެވޭނެ ގޮތަށް އާ "ޕްރައިޒް އިންޑެކްސް"އެއް ތައާރަފުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ފާއިތުވި ދެ ރަމަޟާން މަހުގައި ވެސް ކާބޯތަކެތީގެ ދަތިކަމެއް ނެތި ވަރަށް ފަހިކޮށް ނިމިގެން ގޮސްފައިވާ ކަމަށެވެ.
އެ ދެ ރަމަޟާން މަހުގައި ވެސް އެސްޓީއޯގެ ވަރަށް ބޮޑު ދައުރެއް އަދާކުރާ ގޮތަށް، އެކި އިދާރާތައް ގުޅިގެން ކާބޯތަކެތި ލިބޭނެކަން ކަށަވަރުކުރުމާއި އަދި އަގުވެސް އެކަށީގެންވާ ވަރަކަށް މެނޭޖުކުރެވިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހީން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލުކުރުމަށް، އެ ބާވަތްތަކުގެ އަގުތަކުގެ އާ ޕްރައިޒް އިންޑެކްސްއެއް ތައާރަފުކުރާނެ ކަމަށާއި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން ތައާރަފުކުރާ އެ އިންޑެކްސް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަށާޖެހޭ ހައްލެއް ހޯއްދަވާ ކަމަށާއި ޗައިނާ ފްރީޓްރޭޑް އެގްރިމެންޓް ފަދަ ބައިނަލްއަގުވާމީ މާކެޓުތަކާއެކު ވެސް މަސައްކަތްތައް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު