ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ކުރި އާއި މިހާރުގެ ފުލުހުންނަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ހިދުމަތަށާއި ހޯމް މިނިސްޓަރަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ފާސްކޮށްފިއެވެ.
ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށީ، އެކަމާ ގުޅުންހުރި އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފާހަގަވެގެންނެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ބިލިއަން ރުފިޔާ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެހެންކަމުން 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
އެ މައްސަަލަ ތަހުގީގު ކުރުމަށްފަހު މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ރިޕޯޓް ފާސްކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުމުގައި އެ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އެ ޕްރޮޖެކްޓްގެ ތެރޭގައި ހިންގާފައިވާ ގޯސް ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް އެ ކަންތައްތައް ކޮށްފައިވާ މުވައްޒަފުންނާއި ޕޮލިސް އޮފިސަރުން އައިޑެންޓިފައިކޮށްފައިވާނެ ކަމަށެވެ.
އެހެންކަމުން ނުހައްްގު މުއްސަނދިކަން ހޯދައިދިނުމާއި، އެ ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ދައުލަތުގެ މުދާ ގެއްލިގެންދިޔަ މައްސަލަތަކުގައި އެ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
އެހެންކަމުން އޭގެ ތެރޭގައި ހިމެނޭ، ފުލުހުންގެ ހިދުމަތުގައި މިހާރު އުޅޭ ފަރާތްތަކާއި ކުރިން އުޅުނު ފަރާތްތައް ހޯދައި ފިޔަވަޅުއަޅަންޖެހޭ ކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ ފަރާތުން ރަނގަޅު ކުރަންޖެހޭ ކަންކަން ފުލުހުންނަން އަންގަން ފާސްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ
މާލިއްޔަތު ކޮމެޓީ