މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރުން އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވާ ގޮތުން މީރާގެ ބޯޑުގައި ހިމެނޭނީ ޓެކްސް ކޮމިޝަނަރާއި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ހިމެނޭހެން ހަތް މެންބަރުންނެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ މެންބަރެއްގެ ވެސް ދައުރަކީ ފަސް އަހަރުގެ މުއްދަތެކެވެ. މިހާރު އެ ބޯޑުގައި ތިބި މެންބަރުންނަކީ:
- ޗެއާޕާސަން އަހްމަދު ސާއިދު މުސްތަފާ
- ޑެޕިއުޓީ ޗެއާޕާސަން ލީނާ މުހައްމަދު ޒާހިރު ހުސައިން
- ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު
- ބޯޑު މެންބަރު އައިޝަތު އާޝާ އަލީ
- ބޯޑު މެންބަރު މުމްތާޒު އަބްދުލްރަޝީދު
- ބޯޑު މެންބަރު ދަހާ ޝުއައިބް
- ބޯޑު މެންބަރު ހުޝާމް ވަހީދު
އެ ބޯޑުގައި މިހާރު ތިބި ފަރާތްތަކުގެ ތެރެއިން ހަތަރު މެންބަރުންގެ ދައުރު މި މަހުގެ 31 އަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 14 ނަމެއް ރައީސް މުހައްމަދު މުއިއްޒަށް ފެންނަ ތަރުތީބުން މިއަދުގެ ޖަލްސާއަށް ވަނީ ފޮނުއްވައިފައެވެ. އޭގެ ތެރެއިން ރައީސް އިސްކަން ދެއްވި ތަރުތީބަކީ:
- މުހައްމަދު އިމްތިނާން ސައުދުﷲ، ފަތިސް / ގދ. ތިނަދޫ
- އިސްމާއިލް ހަމްދޫން، ހ.ސިތާރާވާދީ
- އާއިޝަތު ޝަޒްރާ، ނިވައިދޮށުގެ / ގދ. ގައްދޫ
- އިދުހާމް ހުސައިން، މ. ޖަވާހިރުވާދީ
- އުމަދު އަހްމަދު ހުސައިން، މ.ސުހްރާ
- މުހައްމަދު އަހްމަދު، ދަފްތަރު ނަމްބަރު ރސ 5204
- މުމްތާޒް އަބްދުއްރަޝީދު، މުރިނގު / ހދ. ހަނިމާދޫ
- މަރްޔަމް ޖުވައިރިއްޔާ، އުއިގަސްދޮށުގެ / ސ. މީދޫ
- އަހްމަދު މައުސޫމް، މ. މިއަރެސް
- އަހްމަދު ނަޒީހު މުހައްމަދު، ތެމާ / ޅ. ހިންނަވަރު
- ހުޝާމް ވަހީދު، ގ. މާލެހިޔާ 2
- މަރްޔަމް ޝައްފައު ޝަރީފު، ޒިންދަގީ / ގދ. ތިނަދޫ
- އަބްދުﷲ މިފްރާޒް ނިޒާރު، ގ. އޮށްޓަރު
- އަހްމަދު އަލީ، ހމ، ފްލެޓް ނަންބަރު 01-ޖީ-108
މި މަގާމަށް މީހުން އައްޔަންކުރަން އެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތް ކުރަނީ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީންނެވެ. އެ ކޮމެޓީން އާންމުކޮށް އެފަދަ މަގާމުތަކަށް އިންޓަވިއު ކުރަނީ ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބުންނެވެ.
މި ލިސްޓުގައި އެންމެ ކުރީގައި އޮތް އިމްތިނާން އަކީ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދަރިކަލުންނެވެ. ސައުދުﷲ އަކީ އިގްތިސޯދީ ކޮމެޓީގެ ނައިބު މުގައްރިރުވެސް މެއެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް