ފަލަސްތީނު މިނިވަން ދައުލަތަކަށް ނުވަނީސް ހަތިޔާރު ނުބަހައްޓާނެ ކަަމަށް ހަމާސް އިން ބުނެފިއެވެ.
ގާޒާގައި އިޒްރޭލުން ހިންގަމުން އަންނަ ގަތުލް އާންމު ހުއްޓާލައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމުގެ ޝަރުތުތަކުގެ ތެރޭގައި އިޒްރޭލުން ވަނީ ގާޒާއިން ހަމާސް ހުސްކޮށް ހަތިޔާރުތައް ހަވާލުކޮށް މިނިވަން ވުމަށް ހުށަހަޅައިފައެވެ.
ހަމާސް އިން ވަނީ ހަތިޔާރު ބެހެއްޓުމަށް އެއްބަސް ވެވޭނެ ހަމައެކަނި ގޮތަކީ ފަލަސްތީނު ދައުލަތް މިނިވަންވުން ކަމަށް ބުނެފައެވެ.
އިޒްރޭލުން ހަމާސްއާ ދެކޮޅަށް ގާޒާގައި ހިންގަމުން އަންނަ ޖަރީމާތަކުގެ އަސްލު ބޭނުމަކީ ހަމާސް ނައްތާލުން ކަމަށް މީގެ ކުރިން އިޒްރޭލުން ބުނެފައިވެއެވެ.
ދާދިފަހުން އަރަބި ބައެއް ގައުމުތަކުން ވެސް ވަނީ ހަމާސް އިން ހަތިޔާރު ބަހައްޓައި އަމާންދިނުމަށް ގޮވާލައިފައެވެ. ނަމަވެސް އަރަބި ގައުމުތަކާ ހިލާފަށް ހުޅަނގުގެ ބޮޑެތި ގައުމުތަކުން ދަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފައެވެ.
މުހައްމަދު އައުޒަމް
މުނިފޫހިފިލުވުން
އިރާން
ދުނިޔެ
ބޭރު ކުޅިވަރު