ފްރާންސުން 40 ޓަނުގެ އިންސާނީ އެހީ ގާޒާއަށް ފޮނުވަން ނިންމައިފިއެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ސަބަބުން ގާޒާގެ އާންމުން ވަނީ ޒަރޫރީ ހިދުމަތްތަކުން މަހުރޫމުވެ، ބަނޑުހައިހޫނުކަމުގެ ކާރިސާއަކާ ކުރިމަތިވެފައެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ގައުމުތަކުގެ ތެރެއިން ފްރާންސުން ވަނީ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ފަށައިފައެވެ.
ފްރާންސުގެ ފޮރިން މިނިސްޓަރު ޖޭން ނޮއެލް ބެރޮޓް މިއަދު ވިދާޅުވީ އެ ގައުމުން ހަތަރު ފްލައިޓެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފްރާންސުން ފޮނުވާ ކޮންމެ ފްލައިޓަކުން 10 ޓަންގެ އިންސާނީ އެހީ ފޮނުވުމަށް ނިންމާފައިވާ ކަމަށް ބެރޮޓް ވިދާޅުވިއެވެ.
ފްރާންސުން ގާޒާ އަށް އެހީ ފޮނުވުމަށް ހަމަޖެހިފައިވަނީ ޖޯޑަން މެދުވެރިކޮށް ކަމަށްވެސް ބެރޮޓް ވިދާޅުވިއެވެ.
ފްރާންސުގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން ބެރޮޓް ވިދާޅުވީ އެގައުމުން ގާޒާއަށް ފޯރުކޮށްދެނީ މިހާތަނަށް ބޭނުންވާ އެންމެ މުހިންމު އިމަޖެންސީ އެހީ ކަމަށާއި އަދިވެސް ގާޒާއަށް އިތުރުއެހީ ފޯރުކޮށްދޭނެ ކަމަށެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ