ގިނަ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ވައުދު ކަމަށްވާ އެ ގައުމަށް ބޭރުގައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމުގެ ސިޔާސަތު ތަންފީޒުކޮށްފައިވާއިރު ބޮޑެތި ގައުމުތައް ހިމެނޭހެން ގިނަ ގައުމުތަކަކުން މިއަދުން ފެށިގެން އެ ގަވައިދަށް އަމަލުކުރަން ފަށާނެއެވެ.

ޓްރަމްޕްގެ ސަރުކާރުން ޓެރިފް ބޮޑުކުރަން އެކި ގައުމުތަކާއެކީ މަތީފަންތީގެ ބައްދަލުވުންތައް ބާއްވައި މަޝްވަރާކޮށްފައިވާއިރު ޓްރަމްޕް ގެންދަވަނީ ގައުމުތަކުގެ މެދުގައި ބޮޑެތި ތަފާތުކުރުންތައް ގެންގުޅުއްވަމުންނެވެ.

އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރަން ނިންމާފައިފާ ގައުމުތަކުގެ ތެރެއިން އެ ގަވައިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ބައެއް ގައުމުތަކުގެ ތެރެއިން ދެކުނު ކޮރެއާއިން 15 ޕަސެންޓް ޓެެރިފް ނަގާނެއެވެ.

ޖަޕާނުން އެތެރެކުރާ މުދަލުން %15ގެ ޓެރިފެއް ނަގަން ނިންމާފައިވާއިރު ޗައިނާއިން ނެގުމަށް ހަމަޖެހިފައިވަނީ %145ގެ ޓެރިފެކެވެ.

އެމެރިކާ އާއި ހާއްސަކޮށް ޓްރަމްޕާ އެންމެ އެކުވެރި ގައުމުތަކުގެ ތެރެއިން އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ވަނީ %25ގެ ޓެރިފެއް ނެގުމަށް ނިންމައިފައެވެ.

ފިލިޕީންސް އާއި އިންޑޮނޭޝިއާއިން އެތެރެކުރާ މުދަލުން %19 އާއި ހަމައަށް ޓެރިފް ބޮޑުކުރަން ނިންމާފައިވާއިރު ވިއެޓްނާމުން %20 އާއި ހަމައަށް ޓެރިފް ނަގަން ނިންމާފައިވެއެވެ.

ޓްރަމްޕްގެ ޓެރިފް ސިޔާސަތުގެ ސަބަބުން ވަރަށް ބޮޑެތި ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.