އިންޑިއާގެ ޓެމިލް ނާޑޫގައި އަންނަ މަހު ފަށާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރަން ރާއްޖޭގެ ގައުމީ ސާފިން ޓީމުތައް އިންޑިއާއަށް ފުރައިފިއެވެ.

މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އޮގަސްޓް ތިނަކުން 12 އަށް މަހަބަލިޕޫރަމްގައި ކުރިއަށްދާ އިރު، އެ އިވެންޓް ވެގެންދާނީ އަޗީ-ނަގޯޔާގެ އޭޝިއަން ގޭމްސް 2026 އަށް ސާފިންއިން ކޮލިފައިވާން ލިބޭ ފަހު ފުރުސަތަށެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއެކު ރާއްޖެއަށް ވަނީ ކޮލިފިކޭޝަން ސްލޮޓްތަކެއް ޔަގީންވެސް ވެފައެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމީ ސީނިއާ ފިރިހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްސް) އެވެ.

ޖޫނިއާ ޓީމުގައި ހިމެނެނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުالله އަރީފެވެ.

ގައުމީ ޖޫނިއާ އަދި ސީނިއާ ޓީމުގެ ސްކޮޑް އެކުލަވާލައިފައި ވަނީ މާލޭ ވަރުނުލާ ރާޅުގަނޑުގައި ބޭއްވި ޓްރަޔަލް ތަކަށްފަހު ޓްރަޔަލްތަކަށްފަހުއެވެ.

އޭގެ އިތުރުން އަންހެން އެތުލީޓުންވެސް ރާއްޖެއިން ވާދަކުރާ އިރު، އެ ޓީމުގައި ހިމެނެނީ މަރިޔަމް ރާހިލް ނަސީމް (އާޔާ), ރިޝްތާ ޝުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒު)އެވެ.

މިދިޔަ ދެ އަހަރުވެސް އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ އިރު، މިއީ ރާއްޖޭގެ އެތުލީޓުން އެހެން ގައުމެއްގައި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިފަހަރު ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ ކުރިން އޭޝިއާ މުބާރާތުން ލޯ މެޑަލް ހޯދި، ހުސެއިން އަރީފް (އިބޫ)އެވެ.