ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލި މީހަކު 14 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޖަމާލް އުއްޑިން ކިޔާ ބަނގްލާދޭޝް މީހެއްގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ ތިންވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން، ޖަމާލް އުއްޑިން 14 (ސާދަ) އަހަރަށް ޖަލަށްލާ ކަމަށެވެ.

މި މައްސަލައަކީ މީގެ ފަސް އަހަރު ދުވަހުގެ ކުރިން ކޮށްފައިވާ ދައުވާއެކެވެ.