ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މިރާލް އައިން ލަތީފާއި އަމްނާ ތަޒްކިތާ މިރުޝާދު، އިތުރު ގައުމީ ރެކޯޑުތަކެއް ހަދައިފިއެވެ.
ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އުމުރުން 14 އަހަރުގެ ތަޒްކިޔާ މުގުރާލީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. ތަޒްކިޔާ ރެކޯޑު ހެދީ އެއް މިނެޓް، 13.49 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބެކްސްޓްރޯކް ގައުމީ ރެކޯޑު ކުރިން އޮތީ ހަމްނާ އަހުމަދު އަތުގައެވެ. ހަމްނާ، މިދިޔަ އަހަރު ރެކޯޑު ހެދީ މެލޭޝިއާގައި ކުރިއަށްދިޔަ 59 ވަނަ މައިލޯ/އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި އެއް މިނެޓް، 17.69 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިރާލް ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރެކޯޑު ހެދީ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުންނެވެ.
މިރާލް ދެ މިނެޓް، 44.34 ސިކުންތުން ރޭސް ނިންމާފައިވާ އިރު، އެ ރެކޯޑަކީ ކުރިންވެސް މިރާލް އަތުގައި އޮތް ރެކޯޑެކެވެ. މިރާލް މިއަހަރު ކުރީކޮޅު އެ ރެކޯޑު ހަދާފައި ވަނީ ދެ މިނެޓް، 45.93 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން