ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އާންމުކުރަމުންގެންދާ މައުލޫމާތުތައް ނަހަމަގޮތުގައި ބޭނުންކޮށް އާންމުންނަށް އޮޅުން އަރާގޮތަށް ބޭނުން ނުކުރުމަށް އެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން "މުސާރަ ހަލާލުވާ" ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މެންބަރުން މަޖިލީހުގައި ކުރާ މަސައްކަތްތައް ދައްކައިދެނީ ހަމައެކަނި މެންބަރުން ސްޕޮންސާ ކުރާ ބިލުތަކުގެ އަދަދުން ނޫން ކަމަށާއި އެކި މަރުހަލާތަކުގައި މަޖިލީހުގެ މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ކޮމެޓީތަކުގައި ކުރިއަށް ގެންދެ އެވެ. އަދި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި ކުރައްވާ މަސައްކަތްތައް ނިމިގެންދާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކުގަ އެވެ." އެބަޔާނުގައި ބުނެފައިވެއެވެ.
މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ކުރިއަށްގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. މަޖިލީހުގެ ޖަލްސާތަކާއި ބައެއް ކޮމެޓީތައް ޓީވީ ޗެނަލްތަކުން ލައިވްވެސް ކުރެއެވެ. އަދި މަޖިލީހުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ޖަލްސާތަކާއި ކޮމެޓީތައް ވަގުތުން ބްރޯޑްކާސްޓު ކުރެއެވެ. އެކަން ފާހަގަކޮށް އެ ނޫސް ބަޔާނުގައި ބުނީ އޭގެ މަގުސަދަކީ ހޭލުންތެރިކަން އިތުރުކުރުމާއި މައުލޫމާތު މުއްސަނދިކުރުމާއި ވަކި ފަރާތަކަށް ނުޖެހި ތެދު ހަބަރު ފޯރުކޮށްދިނުމާއި މަޖިލީހުގެ އުސޫލުތަކާއި އާދަތަކާއި ކަންހިނގާ ގޮތަށް އަހުލުވެރިކުރުވުމާއި އާންމު މައްސަލަތަކާއި ގައުމުގެ އެކިއެކި ކަންކަމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާއި އަޅާ ފިޔަވަޅުތަކުގެ މައުލާުމާތު ފޯރުކޮށްދިނުމެވެ.
"އަދި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުންނާއި ސަރުކާރާއި ގައުމު ހިންގުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ." އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
މަޖިލިސް އިދާރައިން ނެރުނު ނޫސް ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަން:
- މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ މަސައްކަތްތައް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއު ކުރަނީ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް
- މިހާތަނަށް މަޖިލީހުގެ މެންބަރުން ހުށަހަޅާފައިވާ ބިލުތަކާއި ގަރާރުތަކާއި މައްސަލަތަކާއި ވަޒީރުންނާ ކޮށްފައިވާ ސުވާލުތައް އަދި ކޮމެޓީތަކުގެ މައުލޫމާތާއި ތަފާސްހިސާބުތައް ފެންނަން ހުންނާނެ ކަމަށް
މަޖިލީހުގެ މައުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާ އެކީ މައުލޫމާތު ހިއްސާކޮށް އަދި އެ މައުލޫމާތެއް އާންމުކުުރުމުގެ ކުދިން އެއީ ތެދު މައުލޫމާތެއްތޯ ކަށަވަރު ކުރުމަށް އެ ބަޔާނުގައިވަނީ އިލްތިމާސްކޮށްފައެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު