ކެމްބޯޑިއާ އާއި ތައިލެންޑުން ސުލްހައިގެ ވާހަކަތައް މެލޭޝިޔާގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
ކެމްބޯޑިއާ އާއި ތައިލެންޑުގެ ބޯޑަރު ސަރަހައްދުގައި ހަމަލާބަދަލުކުރަން ފަށަައި އެ ސަރަހައްދުގެ މަޝްރަހު ގޯސްވެފައިވާއިރު އޮފިޝަލުން ވަނީ މައްސަލަ ހައްލުކޮށް ދެގައުމު ސުލްހަ ވުމަށް މަޝްވަރާ މިއަދުގެ ވަގުތެއްގައި ކުރިޔަށް ދާނެ ކަމަށް ބުނެފައެވެ.
ތައިލެންޑުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އެގައުމުގެ ވަގުތީ ބޮޑުވަޒީރު ޕުމްތަމް ވެޗަޔާޗާއި ކަމަށް ރިޕޯޓުތައް ބުނެއެވެ. ތައިލެންޑުގެ ބޮޑުވަޒީރާ ގުޅުއްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މަޝްވަރާކޮށް ހައްލުހޯދުމަށް އެދިވަޑައިގެންފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތައިލެންޑުގެ އޮފިޝަލުން ވަނީ ކެމްބޯޑިއާއިން ވެސް އެ މަޝްވަރާތުގައި އެގައުމުގެ އިސް މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ކެމްބޯޑިއާގެ ބޮޑުވަޒީރު ހުމް މަނެޓް ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބުނެފައެވެ.
މިދިޔަ ހަފުތާއިން ފެށިގެން ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދެ ގައުމުންވެސް ވަރުގަދައަށް ހަމަލާ ބަދަލުކޮށް މިހާތަނަށް 33 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް