އއ. މާޅޮހު ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު ދެ މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ނަމަވެސް އެމީހުންގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެެ އެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީންނަށެވެ

ފުލުހުން ރޭ ބުނިގޮތުގައި އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭގެ 8:45 ހާއިރުއެވެ.

އެ ދޯނީގައި ގޮވީ ކޯން އެއްޗެއް ކަމެއް އަދި އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.