މެލޭޝިޔާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކުރަން ފަށައިފިއެވެ.
މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގެ މަގުތަކަށް އެއްވެފައިވާ އާންމުން ވަނީ އެގައުމުގެ ތަކެތީގެ އަގު އުފުލުމާއި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުގެ ސަބަބުން ބޮޑުވަޒީރު އަންވަރު އިބްރާހިމް އިސްތިއުފާ ދޭން ޖެހޭ ކަމަށް ބުނެ މުޒާހަރާތައް ފަށައިފައެވެ.
އިއްޔެ ފެށި އެމުޒާހަރާތައް ސިލްސިލާކޮށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މުޒާހަރާގެ ބައިވެރިން ވަނީ އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ.
ކަޅު މާސްކާއި ކަޅު ޓީޝާޓުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ ކުއަލަލަމްޕޫރުގެ ބޮޑެތި މަގުތައް ފުރާލައިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މުޒާހަރާގެ ބައިވެރިން ވެރިރަށުގައި ހުންނަ އިންޑެޕެންޑެންސް ސްކެއާ އަށް ޖަމާވެފައިވާ އިރު، އެގައުމުގެ އިދިކޮޅު ލީޑަރުން ވަނީ މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަދައްކަވައިފައެވެ.
މެލޭޝިއާގެ ފުލުހުން ވަނީ އެމުޒާހަރާގައި 18،000 އަށްވުރެ ގިނަ މީހުން މަގުތަކަށް ޖަމާވެފައިވާ ކަމަށާއި އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކަމަށް ބުނެފައެވެ.
ދެހާސް ބާވީސް ވަނަ އަހަރު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވި އަންވަރު އިބްރާހީމް ވަނީ ގައުމު ރިފޯމްކޮށް ސަރުކާރުގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް ގިނަ ކަންތައްތަކަށް ވައުދުވެ އެވައުދުތައް ނުފުއްދިފައި ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް