މެލޭޝިއާގެ އެމްބީއޭ ޕޯޓް ޑިކްސަންގައި ކުރިއަށްދާ 14 ވަނަ އެމްބީއޭ އިންޓަނޭޝަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕް 2025 ގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން، ރާއްޖޭގެ އެންމެ ކާމިޔާބު ޕެއާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާއިން ހޯދައިފިއެވެ.

މިވަގުތު ރާއްޖޭގެ ބެޑްމިންޓަނުގެ ހާލަތު އޮތީ ސަސްޕެންޝަނުގައެވެ. ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް އިން މިދިޔަ މެއި މަހު 16 ވަނަ ދުވަހު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރަން ނިންމާފައި އޮތުމާއެކު މިވަގުތު ރާއްޖޭގެ ކުޅުންތެރިންނަށް ވާދަކުރެވެނީ ބީޑަބްލިޔުއެފް ސާކެޓްގައި ނުހިމެނޭ ދަށް މުބާރާތްތަކުގައެވެ.

މެލޭޝިއާ މުބާރާތަކީ ސްޓޭޓް ލެވެލް މުބާރާތެކެވެ. އެ މުބާރާތުގައި ވާދަކުރަމުންދަނީ އަމިއްލަ ކްލަބެއް ކަމަށްވާ ރިވައިވަލްގެ ކުޅުންތެރިންނެވެ. އެ ކްލަބު ތަމްސީލު ކުރުމަށެވެ. އެ މުބާރާތުގައި ނަބާއާއި ނަބީގެ އިތުރުން ދެން ރިވައިވަލްއިން ވާދަކުރަނީ ނިބާލް އަހުމަދު، ޒަޔާން ޒަކީ އަދި ހަސަން ޒަޔާން މުހައްމަދެވެ.

ނަބާއާއި ނަބީ ލީގު ބުރުގައި ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައިވާ އިރު، އެ މުބާރާތުގެ މެޗުތައް ކުޅެނީ 31 ޕޮއިންޓުން ނިމޭ ގޮތަށް އެއް ސެޓަށެވެ.

ނަބާއާއި ނަބީ ލީގު ބުރުގައި އިންޑޮނޭޝިއާގެ އޭންޖަލް ކްރިސްޓަބެލް މަންޑާގީއާއި ލަރަސާންތީ ކައިރިން މޮޅުވީ 31-25 އިންނެވެ. އަދި ބޭ ޕެއިން ވެންއާއި ކޯ ސީން ޔީ ކައިރިން މޮޅުވީ 31-9 އިންނެވެ.

ފައިނަލުގައި ނަބާއާއި ނަބީ ވަނީ ސްރީ ލަންކާގެ ކަޕޫރު މުޑިޔަންސެލާގޭ އަޗިނީ ނިމެޝީކާ އަދި މެލޭޝިއާގެ ނޫރު އައިދާ ބިންތު ސުކޫރުގެ ޕެއާ ކައިރިން 31-19 އިން މޮޅުވެފައެވެ.

މިހާތަނަށް މުބާރާތުގައި ރިވައިވަލްގެ އެތުލީޓުންގެ ނަތީޖާތަކަށް ބަލާ އިރު، ޒަޔާން ޒަކީއާއި ނިބާލްގެ ޕެއާ ވަނީ ފިރިހެން ޑަބަލްސް ސެމީއަށްވެސް ދަތުރުކޮށްފައެވެ. އަދި މިކްސް ޑަބަލްސް ސެމީގައި ނިބާލާއި ނަބީގެ ޕެއާވެސް މާދަމާ ކުޅޭނެއެވެ.

އޭގެ އިތުރުން ނަބާއާއި ނަބީވެސް ސިންގަލްސް ސެމީއަށް ދަތުރު ކޮށްފައިވާ އިރު،