ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ހުޅުލޭގެ އުތުރު ނެރު ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން މާދަމާ ހެނދުނު 5:30 އިން މާދަމާރޭ 7:00 އަށް، ހުޅުލޭގެ ފަޅަށް ވަދެ ނުކުތުމަށް ބޭނުންކުރާ އުތުރު ނެރު ބަންދުކުރެވޭނެ ކަމަށެވެ.
އެ ވަގުތުތަކުގައި ހުޅުލެއަށް ވަނުމަށް ދެކުނު ނެރު އަދި ފަޅުން ނުކުތުމަށް މެދުގައިވާ ނެރު ބޭނުންކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މާދަމާ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް އެމްއޭސީއެލުން ތައްޔާރުވަމުން އަންނަ އިރު، އެ ރަސްމިއްޔާތާއެކު ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާދަމޭ ރޭ މާލެ ވަށައިގެން ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި އަދި އެއާޕޯޓް ކައިރިން ތިން ސަރަހެއްދެއްގައި މާދަމާ ރޭ ހަ މިނިޓު ވަންދެން ހަވާ އަރުވާނެ ކަމަށެވެ. ހަވާ އަރުވަން ފަށާނީ މާދަމާ ރޭ 8:30 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލީ ރިފްޝާން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް