ރާއްޖޭގެ ތަރައްގީގެ ކޮންމެ ކަމެއްގައިވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި މޯދީ ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް އިންޑިއާގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި އެ ގުޅުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
"ރާއްޖޭގެ ތަރައްގީގެ ކޮންމެ ފިޔަޅެއްގައި ވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނަން. ހުރިހާ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އަދި މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ދައުވަތުދެއްވީތީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މޯދީ ޝުކުރު އަދާކުރެއްވިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެގޮތުން އިންޑިއާއިން ފޯރުކޮށްދޭ 526 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެއްބަސްވުން ފާހަގަކޮށްލެވެއެވެ.
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ