ފަސް އަހަރަށްފަހު ޗައިނާގެ ފަތުރުވެރީންނަށް އިންޑިއާއިން ވިސާދޭން ނިންމައިފިއެވެ.
ޗައިނާގެ ފަތުރުވެރީންނަށް އިންޑިއާއިން ވިސާ ދޭން ނިންމާފައިވާއިރު ދެ ގައުމުން ވެސް އަންނަނީ ހީނަރުވެފައިވާ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބެއިޖިންގައި ހުންނަ އިންޑިއާގެ އެމްބަސީން މީސްމީޑިއާ މެދުވެރިކޮށް ވަނީ އިންޑިއާއިން ވިސާ ދިނުމަށް ނިންމާފައިވާކަން އާންމުކޮށް ބަޔާނެއް ނެރެފައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ވަނީ މިނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި މިކަމުގެ ސަބަބުން ޗައިނާއިން އިންޑިއާއާ އެކު ގުޅުން ބަދަހި ކުރުމަށް ދެގައުމުގެ އާންމުން އެއްގައުމު އަނެއް ގައުމަށް ގެންދިއުމަށް މަސައްކަތް ފެށިގެން ދިޔައީ ކަން ފާހަގަކޮށްފައެވެ.
ބޯޑަރުގައި ހިނގި ހަމަނުޖެހުމަށްފަހު ދެގައުމުން ވެސް އެއްގައުމުން އަނެއް ގައުމަށް އަންނަ ފްލައިޓުތައް ސަސްޕެންޑު ކުރި ނަމަވެސް ފަހުން ވަނީ އެފިޔަވަޅު ލުއިކޮށްފައެވެ.
އިންޑިއާއިން 2020 ވަނަ އަހަރު ވަނީ ދެގައުމުގެ ބޯޑަރު ގުޅޭ ގަލްވާން ވެލީ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވި މައްސަލައާ ގުޅިގެން ޗައިނާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ.
އިންޑިއާއިން ޗައިނާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާގެ ފަތުރުވެރީންނަށް އިންޑިއާއިން ވިސާ ދިން ހުއްޓާލުމުގެ އިތުރުން ޗައިނާއަށް ނިސްބަތްވާ ގިނަ އެޕުތަކެއް އިންޑިއާގައި މަނާ ކުރުން ހިމެނެއެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ