ނ. މަގޫދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ނިންމައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މަގޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުއަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމައި ހަވާކުކުރާގޮތަށް 34،497،261.45 (34.4 މިލިއަން) ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކޮށް 172 މީޓަރުގެ ކީވޯލް (ވާޓަރު) ޖެހުމާއި، 253 މީޓަރުގެ ބޭރު ތޮށި ޖެހުމާއި، 364 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރުގެ ޕޭވްމަންޓާއި، މަގު ބައްތި އަދި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
ބަނދަރުގެ މަސައްކަތް ނިންމާފައިވަނީ މިއަހަރުގެ ޖެނުއަރީ 23 ގައެވެ.
ފާތިމަތު ލިއުޝާ
ނ. މަގޫދޫ
ނ. މަގޫދޫ
ނ. މަގޫދޫ
ނ. މަގޫދޫ