އޯޕަންއޭއައިގެ އާ އީޖާދެއް ކަމަށްވާ ޖީޕީޓީ-5 އަކީ މިހާރު އިންޓަނެޓްގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކައެވެ. ރިލީޒްކުރާނެ ދުވަހެއް ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް، ހަބަރުތައް ބުނާގޮތުގައި، ޖީޕީޓީ-5 މިހާރު ވަނީ ތަޖުރިބާ ކުރަމުގެ މަރުހަލާގައެވެ.
މި އާ ވައްތަރުގެ އޯޕަންއޭއައި ޖީޕީޓީ-5 އަކީ މިހާތަނަށް އުފެއްދި އެންމެ ގާބިލު އޭއައިކަމަށް ބެލެވޭ ކަމަށް ޓެކްނޮލިޖީ ހަބަރުތަކުން ބުނެއެވެ. އެގޮތުން ލިޔުން، ފޮޓޯ ދެނެގަތުން، ވިސްނުން، އަދި މަސައްކަތް ހަމަޖެއްސުން ފަދަ ކަންކަން އެއް ޗެޓެއްގައި ކުރެވޭނެ އެވެ. މިސާލަކަށް، ފޮޓޯއެއް އަޕްލޯޑްކޮށް، އެއާބެހޭ މައުލޫމާތު ހޯދައި، ޓިކެޓް ބުކްކޮށް، ޕާސްޕޯޓް ހިފައިގެންދިއުމަށް ހަނދާންކޮށްދިނުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.
އޭގެ އިތުރަށް، ޖީޕީޓީ-5 އަށް މައުލޫމާތު ހިފަހައްޓާނެ މެމޮރީ އިތުރު ވެ، ކުރީން ކުރެވުނު ޗެޓްތައްވެސް ހަނދާން ހުންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. އޭއައިއިން ކުރާ ގޯސްތައް (ހަލޫސިނޭޝަންސް) މަދުކުރުމަށްވެސް ތަމްރީނު ކުރެވެމުންދާތީ، ސީރިއަސް މަސައްކަތްތަކަށް ޖީޕީޓީ-5 އަށް އިތުބާރު ކުރެވޭނެ އެވެ.
ނަމަވެސް، ބައޮސެކިއުރިޓީއާ ގުޅުން ހުރި ކަންކަމުގައި ޖީޕީޓީ-5 ބޭނުންކުރެވެމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާތީ ކަންބޮޑުވުންތައް އުފެދިފައިވެއެވެ. މިފަދަ ކަންކަމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އޯޕަންއޭއައިއިން މަސައްކަތް ކުރާކަމަށް ހަބަރުތައް ބުނެއެވެ.
އޯޕަން އޭއައި
އޯޕަން އޭއައި
އޯޕަން އޭއައި