މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގު، މޭރީ ބްރައުން ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓްގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޯކޮށްލީ އިއްޔެ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އެ މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު ވެންޓިލޭޓަރުން ނެގީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި އެކްސިޑެޓަށް ފަހު، އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މަގު ހުރަސްކުރާ މީހާގެ ގައިގައި ޖެހެނީ މަގުގެ ހުޅަނގުން އިރަށް ދަތުރުކުރަމުން ދިޔަ ސައިކަލަކުންނެވެ. ސައިކަލުން ޖެހުނުލެއް ބާރުކަމުން އޭނާ ވަރަށް ދުރަށް ވިއްސައިގެންދެއެވެ. ވިއްސައިގެން ގޮސް އޭނާ މަގުމައްޗަށް ވެއްޓެނީ މަގުގެ އިރުން ހުޅަނގަށް ދަތުރުކުރަމުން ދިޔަ ޕިކަޕެއްގެ އަރިމަތީގައި ވަރަށް ބާރަށް ޖެހިފައެވެ.
ސައިކަލު ވެސް ކަހާލައިގެން ގޮސް ޖެހެނީ ޕިކަޕުގައެވެ. ސައިކަލު ޕިކަޕުގެ ކުރީ ފުރޮޅުގެ ދަށުވާ މަންޒަރުވެސް ލީކުވި ވީޑިއޯއަކުން ފެނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭންފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރީން ކަމަށްވާ، މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅު، ޔޫސުފް އަލްސަން މުހައްމަދެވެ.
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު