ޝާހުރުކް ޚާނުގެ އެކްޝަން ފިލްމު 'ކިންގް'ގެ ޝޫޓިން މުމްބާއީގައި ކުރިއަށްގެންދަނިކޮށް އޭނާއަށް އަނިޔާވެ ފިލްމުގެ ޝޫޓިން މަޑުޖެހިއްޖެއެވެ.
އަނިޔާވެފައިވަނީ ޝާހުގެ ބުރިކަށީގެ މަސްގަނޑަށް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ސީރިއަސް އަނިޔާއެއް ނޫން ނަމަވެސް އިތުރު ފަރުވާއަށް ޝާހު ވަނީ އެމެރިކާއަށް ގޮޮސްފައެވެ. އެއްމަސް ދުވަހު އަރާމުކުރުމަށް ޑޮކްޓަރުންވަނީ ލަފާދީފައެވެ.
މިކަމުގެ ސަބަބުން ޖުލައި އާއި އޮގަސްޓަށް ހަމަޖެހިފައިވާ ޝޫޓިންތައް ކެންސަލްކުރެވިފައިވާއިރު، ފިލްމުގެ ދެން އޮންނަ ޝެޑިއުލް ސެޕްޓެމްބަރު މަހަށްފަހު ފަށާނެ ކަމަށް ބެލެވޭކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
މިކަމާ ބެހޭގޮތުން ޝާހުގެ މެނޭޖަރު، ޕޫޖާ ދާދްލާނީއާ ގުޅުމުން ޖަވާބެއް ނުލިބޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް، އޭނާގެ އިންސްޓަގްރާމް ސްޓޯރީއަކުން އެނގޭ ގޮތުގައި ޕޫޖާ މިހާރު ހުރީ ނިއުޔޯކުގައެވެ.
ސިދާތު އާނަންދް ޑައިރެކްޓްކުރާ މި ފިލްމުގައި ޝާހުގެ އިތުރުން ސުހާނާ ޚާނާއި ސައުރަބް ޝުކްލާ ވެސް ފެނިގެންދާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ދީޕިކާ ޕަޑުކޯން، ރާނީ މުކަރްޖީ، އަބީޝެކް ބައްޗަން، ޖެކީ ޝްރޮފް، ރާގަވް ޖުޔާލް އަދި އަނިލް ކަޕޫރު ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. ނަމަވެސް، ކާސްޓިންގެ ރަސްމީ އެއްވެސް އިއުލާނެއް އަދި ކޮށްފައެއް ނުވެއެވެ.
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން