ކޯމާގައި އޮތް ސައުދީ ޕްރިންސް އަވަހާރަވެއްޖެއެވެ.

ވިހި އަހަރު ވަންދެން ކޯމާގައި އޮތް ''ސްލީޕިން ޕްރިންސް''ގެ ނަމުން މަޝްހޫރުވެފައިވާ ޕްރިންސް އަލް ވަލީދު ބިން ހާލިދު ބިން ތަލާލް އަވަހާރަވެފައިވާ ކަމަށް ރަސްމީކޮށް ވަނީ އިއުލާންކޮށްފައެވެ.

ސައުދީގެ ޕްރިންސް ހާލިދު ބިން ތަލާލް ވިދާޅުވީ ދަރިކަލުން ޕްރިންސް އަލް ވަލީދު ބިން ހާލިދު ބިން ތަލާލް އަވަހާރަވެފައިވާ ކަމަށާއި ޖަނާޒާގެ ކަންކަން ރިޔާދުގައި ހުންނަ އަބްދުﷲ މިސްކިތުގައި މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޕްރިންސް އަލް ވަލީދު ބިން ހާލިދު ބިން ތަލާލް އަކީ އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރަމުންދަނިކޮށް ހިނގި އެކްސިޑެންޓަކަށްފަހު 2005 ވަނަ އަހަރުން ފެށިގެން ލަންޑަންގައި ހުންނަ ހޮސްޕިޓަލެއްގައި ކޯމާއެއްގައި އޮންނެވި ބޭފުޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.