ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް އަދި ވައި ގަދަވާ ވަގުތުތަކުގައި އުދައަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު "ވަން"އަށް ބުނީ ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދަށް ވިއްސާރަކޮށް އުދައަރާނެ ކަމަށް މޫސުން ލަފާކުރާ ކަމަށެވެ.
"ވައިވެސް ގަދަކޮށް އުޅޭނީ ވައި ހޯމަ ދުވަހުން ފެށިގެން މަޑުވާން ކަމަށް ބެލެވޭ. ވައިގެ ބާރު މިނާއި ވައިގެ ޑައިރެކްޝަން އެ ހުރިހާ މައުލޫމާތެއް ހުންނާނެ އަޅުގަނޑުމެންގެ ފޯކާސްޓުގައި. ވައިބާ ގްރޫޕުގައިވެސް ހުންނާނެ ފޯކާސްޓު،" މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން މިއަދުގެ 9:45 އިން 15:30 އަށް މޫސުން ލަފާކޮށްފައިވާ ގޮތުން ހއ. އަތޮޅުން ތ. އަތޮޅުގެ ރަށްތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
ހުދު ސަމާލު ނެރެނީ ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވެ، އުދައަރާފާނެ ކަމަށް މޫސުން ލަފާކުރާ ހާލަތުގައެވެ.
މެޓުން ބުނީ ހއ. އަތޮޅުން ތ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް ގަދަ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މޫސުން ލަފާކޮށްފައިވެއެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެ ސަރަހައްދުން ހުޅުމާލެއަށެެވެ. އެއީ 34.5 މިލިލީޓަރުގެ ވާރޭއެވެ. އަދި އަތޮޅުތެރެއިން ފުވައްމުލަކު ސިޓީއަށެވެ. އެއީ 51.5 މިލިލީޓަރުގެ ވާރޭއެވެ.
ފާތިމަތު ލިއުޝާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް