ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބޮޑީބޯޑިން ގައުމީ ލީގުގެ ދެވަނަ އިވެންޓުގެ ގޮތުގައި މިފަހަރުވެސް ލަބެރަ ބޮޑީބޯޑިން ޗެލެންޖު ބާއްވަން އިއުލާނުކޮށް، ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރު ބޮޑީބޯޑިން ކަލަންޑަރު ފުރަތަމަ އިއުލާނުކުރި އިރު، ފުރަތަމަ އިވެންޓް ބުރުނު ޝިކާރަށްފަހު ދެން ތާވަލުކޮށްފައި އޮތީ ފުވައްމުލަކު މުބާރާތެވެ. އެހެން ނަމަވެސް ތާވަލަށް ބަދަލު ގެނެސް، ފުވައްމުލަކު އިވެންޓްގެ ބަދަލުގައި މިހާރު ވަނީ ލަބެރަ ބޮޑީބޯޑިން ޗެލެންޖް، އޮގަސްޓް ފަސްވަނަ ދުވަހުން އަށްވަނަ ދުވަހަށް ބާއްވަން އިއުލާނު ކޮށްފައެވެ.
އިވެންޓް އޮންނާނީ މާލޭގެ ވަރުނުލާ ރާޅުގަނޑުގައެވެ.
ބޮޑީބޯޑިން އެސޯސިއޭޝަނުން މީގެ ކުރިންވެސް ބާއްވާފައިވާ ލަބެރަގެ މިއީ ހަތަރުވަނަ އެޑިޝަނެވެ. މިދިޔަ އަހަރު ލަބެރަ އެނބުރި އައިސްފައިވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ލަބެރަގެ ނަމުގައި ބޮޑީބޯޑިން ޗެލެންޖެއް އެންމެ ފުރަތަމަ ވަރުނުލާ ރާޅުގަނޑުގައި ހޯސްޓް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.
މިދިޔަ އަހަރު ބޭއްވި ލަބެރަ ބޮޑީބޯޑިން ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަނަކީވެސް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ)އެވެ. އެއީ އައްޔަ ލަބެރަގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރުވެސް މެއެވެ.
އެމްބީބީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުވެސް ލަބެރަ ޗެލެންޖްގައި އޯޕަން ބައިގެ އިތުރުން ޖޫނިއާ އަދި ޑްރޮޕް ނީ ކެޓަގަރީ ކުރިއަށްދާނެއެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)