ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޯނާރޯގެ ގެ ރެއިޑުކޮށް ފައިގައި ޓެގު އަޅުވައިފިއެވެ.
ބްރެޒިލްގެ ފުލުހުން ހިންގި އެ ރެއިޑުގައި ކުރީގެ ރައީސް ބޮލްސޯނާރޯގެ ގެ އަދި އޭނާގެ ސިޔާސީ ހެޑްކުއާޓާސްގެ ގޮތުގައި ބެލެވޭ އިމާރާތް ބަލައި ފާސްކޮށްފައިވަނީ އެ ގައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބްރެޒިލްގެ ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރުގައި ވަނީ ބޮލްސޯނާރޯގެ ގެ ރެއިޑުކުރުމުގެ އިތުރުން އޭނާގެ ފައިގައި ޓެގު އެޅުވުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި، ރައީސް ބޮލްސޯނާރޯއާ ދެކޮޅަށް ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާއަށް ގައުމުން ބޭރު އެއްވެސް މީހަކާ ވާހަކަފުޅު ދެއްކެވެމުގެ އިތުރުން ބްރެޒިލްގައި ހުރި ބޭރުގައުމުތަކުގެ އެއްވެސް އެމްބަސީއަކަށް ވެންނެވުންވެސް މަނާކޮށްފައެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކުރެއްވުން ވެސް މަނާކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން ބްރެޒިލްގެ ސުޕްރީމް ކޯޓުން ބޮލްސޯނާރޯ އާ ދެކޮޅަށް މި އަމުރު ނެރެފައިވަނީ 2022 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް ބަލަމުންދާތީ ގައުމު ދޫކުރައްވައި ފިއްލަވަން އުޅުއްވާ ކަމުގެ ތުހުމަތުތަކަކާ އެކުގައެވެ.
ބްރެޒިލްގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް ބޮލްސޯނާރޯ އާއި އޭނާގެ ދަރިކަލުން، އެޑުއެޑޯ ސިއްރު އެޖެންޑާއެއްގެ ދަށުން ބްރެޒިލްއާ ދެކޮޅަށް ފިޔަވަޅު އަޅާން އެމެރިކާ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރި ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ކުރެވިފައެވެ.
ރައީސް ބޮލްސޯނާރޯ އާ ދެކޮޅަށް ކޯޓުން އަމުރު ނެރެ ފިޔަވަޅުތައް އަަޅާފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބޮލްސޯނާރޯގެ މައްޗަށް ކުރަމުން އަންނަ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައްވައިފައެވެ. އެމެރިކާއަށް އެތެރެކުރާ ބްރެޒިލުގެ މުދަލުން ނަގާ ޓެރިފް ބޮޑު ކުރައްވާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
މުހައްމަދު އައުޒަމް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން
ބޮލީވުޑް