ދުބާއީގައި ދިރިއުޅޭ ޔޫޓިއުބަރެއް ކަމަށްވާ މޯވްލޮގްސް އޭނާގެ ގޭގެ ސީލިންގުގައި 500،000 ޑޮލަރުގެ އަގު ހުރި ފެރާރީއެއް ޗާންދަލިއާއެއްގެ ގޮތުގައި އެލުވައިގެން އިންޓަނެޓް ސިއްސުވާލައިފިއެވެ.
އަލްޓްރާ-ލަގްޒަރީ ދިރިއުޅުން ދައްކުވައިދޭން މަޝްހޫރު މި ޔޫޓިއުބަރު ބުނެފައިވަނީ މިއީ އޭނާގެ އަމިއްލަ އީޖާދެއް ކަމަށެވެ. މި ޗާންދަލިއާގައި އެލުވައިފައިވަނީ ހަގީގީ ފެރާރީ ކާރެއް ނޫނެވެ. އެއީ ފެރާރީ ކާރެއްގެ ސިފައިގައި ހަދާފައިވާ، ފެނުގައިި ޖެޓް ސްކީއެއްގެ ގޮތުގައި ބޭނުންކުރެވޭ ޖެޓް ކާރެކެވެ. މި ކާރު ގޭގެ ތެރެއަށް ވައްދައި ސީލިންގުގައި އެލުވީ ދިހަ މީހުންވެގެން ކަމަށް ހަބަރުތައް ބުނެއެވެ.
މި ވީޑިއޯ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. ގިނަ ބަޔަކު މިކަމާ ހައިރާންވެފައިވާއިރު، ބައެއް މީހުން ވަނީ ސަލާމަތީ ނުރައްކަލުގެ މައްސަލަ ފާހަގަކޮށް ފާޑުކިޔައިފައެވެ. އަދި ބައެއް މީހުން ބުނެފައިވަނީ މިއީ ޕްލާސްޓިކް ކުޅޭ އެއްޗެއްހެން ފެންނަ ކަމަށާއި، ހަލާކުވެފައިވާ ވެފައިވާ އަސްލު ފެރާރީއެއް ބޭނުންކުރި ނަމަ ރަނގަޅުވީސް ކަމަށެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު