އޮމްބަޑްސްޕާސަންގެ ބައެއް ބާރުތައް ގާނޫނުން އުނިކުރެވިފައިވާ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނިއުމަތު އިއްޔެ ވިދާޅުވީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ތަންފީޒު ކުރަންޖެހޭ ދެ ގާނޫނު ކަމަށްވާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ވެސް އިސްލާހު ގެންނަންޖެހޭ ކަމަށެވެ.
އޭގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި، ޗިލްޑްރަންސް އޮމްބަޑްސްޕާސަނަށް ލިބިދޭންޖެހޭ ބައެއް ބާރުތައް ހިމެނިފައިނުވާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި މިނިވަން ބޮޑީއެއްގެ ގޮތުގައި ސަރުކާރުގެ އިދާރާތައް ޒިންމާދާރު ކުރުމުގެ ބައި ގާނޫނުން އުނިވެފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނުގައި ވެސް ބައެއް ކަންތައްތައް ފުރިހަމަވާން ޖެހޭ ކަމަށްވެސް ނިއުމަތު ވިދާޅުވިއެވެ.
އެހެންކަމުން އޭނާ ވިދާޅުވީ އެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް، އެޓާނީ ނެޖެރަލްއާ މަޝްވަރާކުރައްވައި އެފަރާތާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
ނިއުމަތު ޝަފީގުގެ މަގާމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ހަމަވާތީ އޭނާގެ މަގާމުގެ މުއްދަތު ފަސް އަހަރު ދުވަހަށް އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ރައްްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އެމަނިކުފާނު މަޖިލީހަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން މިމަހު 14 ވަނަ ދުވަހު މަޖިލީހުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.
އެ ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، ރައީސް އެދިވަޑައިގެންނެވިގޮތަށް ނިއުމަތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ
މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ