އެމްޓީސީސީން ދޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ހިދުމަތުގައި ހިމެނޭ 12 ފެރީ ސްޓޮޕަކާއި ހަ ޓާމިނަލް ރަށު ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް ދެން ބަލަހައްޓާނީ އެ ރަށެއްގެ ކައުންިސލުން ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި އެ ފެރީ ޓާމިނަލްތަކާއި ސްޓޮޕްތަކުގައި ދަތުރުވެރިންނަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
ފެރީ ޓާމިނަލް ހަވާލުކުރި ކައުންސިލްތައް:
- ހދ ހަނިމާދޫ ކައުންސިލް - ހަވާލުކުރީ 14 މެއި 2025ގައި
- ހއ ހޯރަފުށީ ކައުންސިލް - ހަވާލުކުރީ 15 މެއި 2025ގައި
- ހއ އިހަވަންދޫ ކައުންސިލް - ހަވާލުކުރީ 15 މެއި 2025ގައި
- ށ ބިލެތްފަހި ކައުންސިލް - ހަވާލުކުރީ 18 މެއި 2025ގައި
- ށ ފުނަދޫ ކައުންސިލް - ހަވާލުކުރީ 18 މެއި 2025ގައި
- ހއ ދިއްދޫ ކައުންސިލް - ހަވާލުކުރީ 8 ޖުލައި 2025ގައި
ފެރީ ސްޓޮޕްތައް ހަވާލުކުރި ކައުންސިލްތައް:
- ހދ ފިނޭ ކައުންސިލް - ހަވާލުކުރީ 14 މެއި 2025ގައި
- ހއ މުރައިދޫ ކައުންސިލް - ހަވާލުކުރީ 14 މެއި 2025ގައި
- ހއ މޮޅަދޫ ކައުންސިލް - ހަވާލުކުރީ 15 މެއި 2025ގައި
- ހއ މާރަންދޫ ކައުންސިލް - ހަވާލުކުރީ 15 މެއި 2025ގައި
- ހއ ތުރާކުރު ކައުންސިލް - ހަވާލުކުރީ 15 މެއި 2025ގައި
- ހއ އުލިގަން ކައުންސިލް - ހަވާލުކުރީ 15 މެއި 2025ގައި
- ށ ފޭދޫ ކައުންސިލް - ހަވާލުކުރީ 18 މެއި 2025ގައި
- ށ ކޮމަންޑޫ ކައުންސިލް - ހަވާލުކުރީ 18 މެއި 2025ގައި
- ހދ ވައިކަރަދޫ ކައުންސިލް - ހަވާލުކުރީ 30 ޖޫން 2025ގައި
- ހދ ކުމުންދޫ ކައުންސިލް - ހަވާލުކުރީ 30 ޖޫން 2025ގައި
- ށ ގޮއިދޫ ކައުންސިލް - ހަވާލުކުރީ 30 ޖޫން 2025ގައި
- ހއ ބާރަށް ކައުންސިލް - ހަވާލުކުރީ 8 ޖުލައި 2025ގައި
އާރްޓީއެލް ހިދުމަތާ ބެހޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650 އިން ލިބޭނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އާރްޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ތިން ފޭހަކަށް ބަހާލައިގެން، ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.
އާއިޝަތު މާހާ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ