އުފަން ދުވަހުގެ ޕާޓީއަށް ޑްވާފިޒަމް ހުންނަ މީހުން ކުއްޔަށް ހިފައި، އެމީހުން ލައްވާ ޕާފޯމް ކުރިވި މައްސަލައެއްގައި ލެމީން ޔަމާލް ހޫނު ފެނަށް ވެއްޓިއްޖެއެވެ.
ޔަމާލް ވަނީ 18 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޕެއިންގެ އޮލިވޭލާގެ ހާއްސަ ބޮޑު ސަރަހައްދެއް ކުއްޔަށް ނަގައި ބޮޑު ޕާޓީއެއް ބާއްވައިފައެވެ. އެއީ ބާސެލޯނާގެ ހުޅަނގުން އޮންނަ 50 ކިލޯމީޓަރުގެ އަވަށެކެވެ.
ޔަމާލްގެ ޕާޓީއަށް އިންފްލުއެންޒާސްއާއި މަގުބޫލު ޔޫޓިއުބާސް އަދި ޓީމު ކުޅުންތެރިންނަށްވެސް ދައުވަތު ދީފައިވާ އިރު، ސްޕެއިންގެ މިނިސްޓްރީ އޮފް ސޯޝަލް ރައިޓްސްއިން އަންގާފައި ވަނީ ޑްވާފިޒަމް ހުންނަ މީހުން ލައްވާ ކުޅިވަރު ކުޅުވަން ގެންދިޔުން ތަހުގީގު ކުރުމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއަކުންވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، އެ ޖަމިއްޔާއިން ބުނީ ޔަމާލް ކުރި ކަމަކީ 21 ވަނަ ގަރުނުގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެގޮތުން ޑްވާފިޒަމް ހުންނަ މީހުންނަކީ ނާޗަރަންގީ ކުޅުމަށް ބޭނުންކުރާ ބައެއް ކަމަށް ދެކި، އެކަމަށް ހިތްވަރު ލިބޭ ގޮތަށް ޔަމާލްގެ އަމަލުތަކުން ދޭހަވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެކަމާ ގުޅިގެން ޔަމާލް ވަނީ މީޑިއާއާ ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ އެއްވެސް ވަރަކަށް ޑްވާފިޒަމް ހުންނަން މީހުންނަށް މަލާމާތް ކުރުމަށް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި، އެ މީހުން އުފެދުމުގައި ހުންނަ ގޮތެއްގެ ސަބަބުން ނާޖާއިޒު ފައިދާއެއް ނަގާފައި ނޯންނާނެ ކަމަށެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ