އިދިކޮޅު އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަ ކުރުމަށްޓަކައި އަންނަ ހުކުރުދުވަހު ބާއްވަން ހަމަޖެއްސި ދުވުން، ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައި އޮންނަ ސަރަހައްދުގައި ކުރިއަށްގެންދަން އެޗްޑީސީން ހުއްދަ ނުދިންކަމަށް ބުނެ، މާލޭގެ މަޖިދީމަގަށް ބަދަލު ކޮށްފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަންލަތީފް ވިދާޅުވީ، ސެންޓްރަލްޕާކް ވަށައި ދުވުން ބޭއްވުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތީން އެޗްޑީސީއަށް ސިޓީ ފޮނުވި ކަމަށެވެ. ފުރަތަމަ ސިޓީ ފޮނުވީ 22 ޖޫންގައި ކަމަށާއި، ދެވަން ސިޓީ ފޮނުވީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެސަރަހައްދުގައި ދުވުން ބާއްވަން ހުއްދަ ނުދެއްވައި އެ ހަރަކާތް ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައި ބާއްވަން އެޗްޑީސީން އެދިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ނިއުސްކޮންފަރެންސްގައި އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އެކަމާ ގުޅިގެން އަންނަ ހުކުރު ދުވަހު ބާއްވަން އޮތް ދުވުން، ހުއްދައަކާ ނުލައި މިމަހު 25 ވަނަ ދުވަހު މާލޭ މަޖީދީމަގުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
ހަސަންލަތީފް ވިދާޅުވީ ވޭތުވެދިޔަ 20 އަހަދު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެމްޑީޕީން ކޮށްދީފައިވާ އެކިއެކި ހިދުމަތްކާއި، އެމްޑީޕީން ހޯދައިދީފައިވާ ކާމިޔާބީތަކާއި ހިދުމަތްތަކާއި ތަރައްގީ ރަމްޒުކޮށްދޭ ދަންމަރެއް މި ދުވުމުގައި ބޭނުންކުރާނެ ކަމަށެވެ.
މާލޭގައި ބާއްވާ ދުވުމަށްފަހު އެ ދަންމަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ދަންމަރާއެކު ކޮންމެ ރަށެއްގައިވެސް އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުވުން އޮންނާނީ 25 ވަނަ ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް ކަމަށެވެ.
އިބްރާހިމް ޒަކީ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު
ނަސީބެއް ހުއްދަނުލިބުނުކަން ހުއްދަލިބުނުނަމަ ބިބައިމީހުންގެ ކަންތައް ހައްބޯރާހި އަރައިގެން އުޅުމައްވުރެ ނަބައިވާނެ މީހުންގެ އެއްޗެތި ލޫޓްވާނެފިހާރަތައް ހުސްކޮއް ދަވާލާނެ
ހައްބޯރާހި - 11 މަސް ކުރިން