ގެއްލިގެން ހޯދަން ފުލުހުން ރޭ އިއުލާނުކުރި ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ފުލުހުން ހޯދަމުން އަންނަނީ މާލެ، ގ. ގާނެޓް، ހަސަން ޔާމީން (30 އަހަރު) އެވެ.
ފުލުހުން މިއަދު ބުނީ މިއަދުގެ ހެނދުނާ ހަމައަށް ވެސް އޭނާ ނުފެންނަ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ 9:25 ހާއިރު މާލޭގައި ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރޭ 8:30 ހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ