އެކްޓަރު އްރްޗަނާ ޕޫރަން ސިންގް އާއިލާއާއެކު ދުބާއީގައި ސްކޭމެއްގައި ޖެހިއްޖެ ކަމަށް ބުނެފިއެވެ.
އެކަން ދިމާވެފައިވާ ގޮތް އަރްޗަނާ އޭނާގެ ޔޫޓިއުބް ޗެނަލްގައި އާންމުކުރި އެންމެ ފަހުގެ ބްލޮގްގައި ވަނީ ކިޔައިދީފައެވެ. އޭނާ ބުނި ގޮތުގައި ފިރިމީހާ ޕަރްމީތު ސޭތީ އާއި ދަރީންނާ އެކު ދުބާއީގައި ހޭދަކުރި ޗުއްޓީގައި އިންޑޯ ސްކައިޑައިވިންގްއަށް އޮންލައިންކޮށް ތިން ސްލޮޓް ބުކްކުރި ނަމަވެސް އެމީހުން ދިޔައިރު އެއްވެސް ބުކިންއެއް ނެތެވެ.
އެމީހުން ފައިސާ ދެއްކި ވެބްސައިޓަކީ އެ ތަނުގެ ރަސްމީ ވެބްސައިޓެއް ނޫން ކަމަށް ވެފައި، އެމީހުންނަށް އެ ސްކޭމުގައި ޖެހެވުނީ ކަމަށްވެސް ބުނެފައިވެއެވެ. ޓިކެޓަށް ދެއްކި ފައިސާ ގެއްލުނީ ކަމަށް ވެސް އަރްޗަނާ ބުންޏެވެ. ދުބާއީ ފަދަ ހަރުކަށި ގަވާއިދުތަކެއް ހިފަހައްޓާ ތަނެއްގައި މިފަދަ ކަމެއް ދިމާވެދާނެ ކަމަށް ހީނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕަރްމީތު ބުނީ ފައިސާ ގެއްލުމުން ހައިރާންވި ކަމަށެވެ. އަދި ވީޑިއޯގެ ދެވަނަ ބައިގައި، ދަރިފުޅު އާރިއަމަން ބުނީ ޓިކެޓު ބުކްކުރިއިރު އޭނާއަށް ޝައްކު އުފެދުނު ކަމަށެވެ. އެއީ ވެބްސައިޓުގައި ދަތުރުގެ ވަގުތު 4 މިނިޓު ކަމަށް ދެއްކި ނަމަވެސް، އެހެން ޕޭޖަކަށް ދިޔައިރު އެއީ 2 މިނިޓު ކަމަށް ބަދަލުވި ކަމަށެވެ. ނަމަވެސް، އޭނާ ބެލީ މައި ވެބްސައިޓުން މިފަދަ މަކަރެއް ދިމާ ނުވާނެ ކަމަށެވެ.
ދުބާއީ
ދުބާއީ
ދުބާއީ
ދުބާއީ